އެމްއެންޑީއެފް

ލޯންޗެއްގެ ބެޓެރި ގޮވައި ބަޔަކަށް އަނިޔާވެއްޖެ

Jul 5, 2023

ރ. އަތޮޅު އުނގޫފާރުން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ބެޓެރި ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ބެޓެރި ގޮވި ވަގުތު ލޯންޗުގައި 39 މީހުން ތިބި ކަމަށެވެ. އަދި ހަ މީހަކަށް އަނިޔާވެފައިވާތީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކްރިސްޓަލް ނަމަކަށް ކިޔާ މި ލޯންޗް މިވަގުތު އޮތީ އެރިއަދޫ ރިސޯޓުގައި މަޑުކޮށްގެން ކަމަށްވެސް ސިފައިންގެއިން ބުނެ އެވެ.

މިކަމާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވާއިރު ވީޑިއޯ އިން ފެންނަނީ ޒަހަމްވި ބައެއް މީހުންގެ ފައިތިލައާއި ކަށިމަތި ވަރަށް ބޮޑަށް ފިހިފައިވާ މަންޒަރެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.