ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބަށް ފަރުވާ ދެނީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް: އެމްޓީޑީ

އަދީބު ބޭސްފަރުވާއަށްފަހު މާލެ ވަޑައިގަންނަވަނީ -- ފޮޓޯ: އަޒާން | އަވަސް
0%
0%
0%

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ފަރުވާ ދެމުންދަނީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ކަމަށް އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފި އެވެ.

އަދީބަށް ރޭ ދިމާވި ކުއްލި ސިއްހީ ކަމަކާ ގުޅިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނީ އައިޖީއެމްއެޗް ގައެވެ.

އެމްޓީޑީން މިއަދު ބުނީ އަދީބް އެޑްމިޓްކުރީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ފަރުވާ ކުރެއްވުމަށް ކަމަށެވެ.

އެމްޓީޑީން ބުނި ގޮތުގައި އަދީބަށް ނާރުގެ ސިއްހީ މައްސަލަ ކުރިމަތިވެވަޑައިގެންކަން އެނގުނީ 2015 އިން 2018 އަށް ޖަލުގައި ހުންނެވުމަށްފަހު ގޭބަންދަށް ބަދަލުކުރި ފަހުން ކަމަށެވެ.

އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯއްދަވާފައިވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910