ހަބަރު

މީހެއްގެ އެކައުންޓުން ފައިސާ ވަގަށް ނެގި މީހަކު ހޯދަނީ

މީހެއްގެ އެކައުންޓުން ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ. ފުލުހުން މިއަދު ވަނީ އެމީހާގެ ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުގައި، ވީޑިއޯއިން ފެންނަ މީހާއަކީ، އޭޓީއެމް އެއް މެދުވެރިކޮށް މީހެއްގެ އެކައުންޓުން ފައިސާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާ މީހެކެވެ.

އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތެއް ވީހާވެސް އަވަހަކަަށް ފުލުހުންގެ އިދާރާއަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.