ހަބަރު

ވަގަށް ނެގި ކޭޝް ކާޑެއް ބޭނުންކޮށް ފައިސާނެގި މީހާ ހައްޔަރުކޮށްފި

ވަގަށް ނެގި ކޭޝް ކާޑެއް ބޭނުންކޮށް ފައިސާ ނެގި މީހާ ހައްޔަރުކޮށްފި އެވެ. މި މީހާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ އިއްޔެ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، ވަގަށް ނެގި ކޭޝް ކާޑެއް ބޭނުންކޮށް ފައިސާ ނެގި މީހާ ހޯދިފައިވާ ކަމަށާއި މިހާރު ސުވާލުކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ވެބްސައިޓްގައި އިއްޔެ އާންމުކޮށްފައިވާ ގޮތުގައި، ފޮޓޯއިން ފެންނަ މީހާއަކީ ވަގަށް ނަގާފައިވާ ކޭޝް ކާޑެއް ބޭނުންކޮށްގެން އޭޓީއެމްއަކުން އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.

ފުލުހުން މިއަދު ވެސް ވަނީ އޭޓީއެމް އެއް މެދުވެރިކޮށް މީހެއްގެ އެކައުންޓުން ފައިސާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އިއުލާންކޮށްފަ އެވެ.