ރާއްޖެ ކުޅިވަރު

100 މީޓަރު ދުވުމުން ސާއިދު ފައިނަލަށް

Feb 9, 2016

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލަށް ރާއްޖޭގެ ހަސަން ސާއިދު ދަތުރުކޮށްފި އެވެ.

އިންޑިޔާގައި މިހާރު ކުރިއަށްދާ ގޭމްސްގައި މިއަދުގެ ރޭސް އޭނާ ނިންމީ 10.45 ސިކުންތުންނެވެ. މުޅި ރޭހުން ސާއިދު ދިޔައީ ދެ ވަނަ އަށެވެ. އޭނާ އަށް ވުރެ ކުރިން ރޭސް ނިންމީ ސްރީލަންކާގެ ހިމާޝާ އީޝާން އެވެ. އޭނާ ރޭސް ނިންމީ 10.26 ސިކުންތުންނެވެ.

ފައިނަލް ހީޓަށް ނުކުންނައިރު ސާއިދު އަކީ މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ރަންމެޑަލް ހޯދަފައިވާ ދުވުންތެރިއެކެވެ.