ފިނިޕޭޖް

ބަވާލްގެ ޓްރެއިލާ ނެރެން ވަރުން އާއި ޖާންވީ ދުބާއީގައި

ބަވާލް ފިލްމުގެ މަންޒަރުތަކުގެ ތެރެއިން -- ފޮޓޯ: ހިންދުސްތާން ޓައިމްސް
0%
0%
0%

ވަރުން ދަވަން އާއި ޖާންވީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ބަވާލްގެ ޓްރެއިލާ ލޯންޗް ކުރުމަށް ދުބާއީގައި ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

ނިތޭޝް ތިވާރީގެ ރޮމޭންޓިކް ފިލްމު -- ބަވާލްގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވުނު ހަރަކާތުގައި ފިލްމުގެ ތަރިންނާއި ފިލްމުގެ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި މީހުން ވަނީ ބައިވެރިވެފަ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ލޯބީގެ މި ފިލްމު އިންޑިއާގެ ޕްރައިމް ވީޑިއޯ އިން ޕްރިމިއާ ކުރާނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

މި ހަފްތާގެ ކުރީކޮޅު ރިލީޒްކުރި ޓީޒާއާ ޓްރެއިލާ މުޅިން ތަފާތެވެ. ފިލްމުގައި ވަރުން ދަވަން ކުޅެނީ އަޖޭ ޑިކްސިޓްގެ ރޯލް އެވެ. އަދި ޖާންވީ ކަޕޫރުގެ ފެނިގެންދަނީ ނިޝާގެ ރޯލުންނެވެ.

މި ފިލްމުން ފެނިގެންދާނީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން އަޖޭ ޑިކްސިޓްގެ (ވަރުން) ހިޔާލީ ދުނިޔެއިން ނިކުމެ، އޭނާގެ އަންހެނުން ނިޝާ (ޖާންވީ) އާއި އެކު ޔޫރަޕަށް ކުރަން ޖެހުނު ދަތުރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345