ފިނިޕޭޖް

ރަންވީރް ޝުކުރު އަދާކުރީ ދިޕިކާގެ ފޮޓޯއަކާ އެކު

އުފަން ދުވަސް ފާހަގަކުރިތާ އެތައް ދުވަހެއް ފަހުން ރަންވީރު ސިންގް، އޭނާގެ އަންހެނުން -- ދީޕިކާ ޕަޑުކޯން އާއި އެކު ކަޅާއި ހުދުން ފެންނަ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށް، އުފަން ދުވަހު ތަހުނިޔާ ކިޔާފައިވާ އެންމެންނަށް ޝުކުރު އަދާކޮށްފި އެވެ.

ރަންވީރުގެ އިންސްޓަގްރާމް ސްޓޯރީ ކެޕްޝަންގައި ލިޔެފައިވަނީ "އުފަން ދުވަހުގެ ހެޔޮއެދުންތަކަށް ހުރިހާ އެންމެންނަށް ޝުކުރިއްޔާ" ކަމަށެވެ.

ފޮޓޯއިން ފެންނަނީ ދޯންޏެއްގައި ދީޕިކާ އާއި ރަންވީރު އުފާކުރާ މަންޒަރެވެ.

މިދެމަފިރިންގެ މި ފޮޓޯ ފޭނުންނަށް ވަރަށް ކަމުގޮސްފައިވެ އެވެ. ފޭނުން ބުނާ ގޮތުގައި މި ފޮޓޯ އަކީ ލޯބިން ފުރިފައިވާ އެތައް މެސެޖެއް ބުނެދޭ ފޮޓޯ އެކެވެ.

ރަންވީރު ދެން އެންމެ އަވަހަށް ފެނިގެންދާނީ އާލިއާ ބަޓްއާ އެކު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ.

ކަރަން ޖޯހަރު ޑައިރެކްޓް ކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ މިމަހު 28ވާ ހުކުރު ދުވަހު އެވެ. މީގެ އިތުރުން ކުރިއަށް އޮތް ފިލްމު "ޕްރޮޖެކްޓް ކޭ" އިން ޕްރަބާސް އާއި އެކު ދީޕިކާ ފެނިގެންދާނެ އެވެ.