ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބުގައި 604 ވޯޓުފޮށި ބަހައްޓަން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް 604 ވޯޓުފޮށި ބެހެއްޓުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށްފަހު ވޯޓުފޮށިތަކުގެ ޖުމްލަ އަދަދަށް އަދިވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހަބީބް މި މައުލޫމާތު ހާމަކުރި ފަހުން ވޯޓުފޮށީގެ ނަންބަރާއި، ފޮށީގެ ކޯޑު، ފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ ހާމަކޮށްފަ އެވެ.

ވޯޓުފޮށި ބަހައްޓާ ސަރަހައްދުތަކާއި އަދަދު:

  • މާލޭސިޓީ ރައްޔިތުންނަށް - 61 ވޯޓު ފޮށި
  • މާލޭސިޓީ އަތޮޅުތަކުގެ ރައްޔިތުންނަށް - 77 ވޯޓު ފޮށި
  • ހުޅުމާލެ ފޭސް 1 މާލޭސިޓީ ރައްޔިތުންނަށް - 6 ވޯޓު ފޮށި
  • ހުޅުމާލެ ފޭސް 1 އަތޮޅުތަކުގެ ރައްޔިތުންނަށް - 16 ވޯޓު ފޮށި
  • ހުޅުމާލެ ފޭސް 2 މާލޭސިޓީ ރައްޔިތުންނަށް - 1 ވޯޓު ފޮށި
  • ހުޅުމާލެ ފޭސް 2 އަތޮޅުތަކުގެ ރައްޔިތުންނަށް - 16 ވޯޓު ފޮށި
  • ވިލިމާލެ، މާލޭސިޓީ ރައްޔިތުންނަށް - 6 ވޯޓު ފޮށި
  • ވިލިމާލެ، އަތޮޅުތަކުގެ ރައްޔިތުންނަށް - 4 ވޯޓު ފޮށި
  • އަތޮޅުތަކުގައި - 319 ވޯޓު ފޮށި
  • ރިސޯޓުތަކުގައި - 78 ވޯޓު ފޮށި
  • މާފުށީ ޖަލު - 2 ވޯޓު ފޮށި
  • އައްސޭރި ޖަލު - 1 ވޯޓު ފޮށި
  • ހުޅުމާލެ ޖަލު - 1 ވޯޓު ފޮށި
  • ދޫނިދޫ - 1 ވޯޓު ފޮށި
  • ހުޅުލެ - 1 ވޯޓު ފޮށި
  • ތިލަފުށި - 1 ވޯޓު ފޮށި
  • އިންޑިއާގެ ޓްރިވެންޑްރަމް - 1 ވޯޓު ފޮށި
  • އިންޑިއާގެ ނިއުދިއްލި - 1 ވޯޓު ފޮށި
  • މެލޭޝިޔާ ކުއަލަލަމްޕޫރު - 2 ވޯޓު ފޮށި
  • ސިންގަޕޫރު - 1 ވޯޓު ފޮށި
  • ސްރީލަންކާގެ ކޮލަމްބޯ - 4 ވޯޓު ފޮށި
  • އިނގިރޭސިވިލާތުގެ ލަންޑަން - 1 ވޯޓު ފޮށި
  • ތައިލެންޑްގެ ބެންކޮކް - 1 ވޯޓު ފޮށި
  • އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ - 1 ވޯޓު ފޮށި
  • ޖަޕާންގެ ޓޯކިޔޯ- 1 ވޯޓު ފޮށި

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.