ގައުމު އެއާލައިން -- މޯލްޑިވިއަން ދަތުރުކުރާ ތިން މަންޒިލަކަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
އެގޮތުން މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވަނީ ނ. މާފަރާއި ޅ. މަޑިވަރުގެ އިތުރުން ރ. އިފުރަށެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާފަރާއި މަޑިވަރާއި އިފްރަށް ކުރާ ދަތުރުތައް އިތުރުކުރީ ސްކޫލު ޗުއްޓީއާ ދިމާކޮށް އެ ސަރަހައްދުތަކަށް ދަތުރުކުރަން ބޭނުންވާ މީހުން އިތުރުވުމާ ގުޅިގެން ކަމަށެވެ.
މިރަށްތަކަށް އިތުރު ދަތުރުކުރުމަށް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަން އިން ތިން މަންޒިލަކަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާއިރު މީގެކުރިންވެސް ޗުއްޓީ ދުވަސްތަކާއި ހާއްސަ ދުވަަސްތަކުގައި ބައެއް ސަރަހައްދުތަކަށް އިތުރު ފްލައިޓްތައް މޯލްޑިވިއަން އިން ބާއްވާފައިވެ އެވެ.