ދުނިޔެ

ސްވިޑަންއަށް ނޭޓޯ މެމްބަރުކަން ދޭން ތުރުކީ ތައްޔާރު: ނޭޓޯގެ ވެރިޔާ

އުރުދުޣާން (ވ) އަދި ސްވިޑަންގެ ބޮޑުވަޒީރު ސަލާމް ކުރައްވަނީ -- މެދުގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަން ބާގް -- ލިތުއޭނިއާގެ ވިލްނިއަސްގައި
0%
0%
0%

ސްވިޑަންއަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ތުރުކީ މިހާރު ދެކޮޅު ނުހަދާ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަން ބާގް ވިދާޅުވެއްޖެ އެވެ.

ސްޓޮލްޓަންބާގް މިހެން ވިދާޅުވީ ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި -- ޖުލައި 11 އިން 12 އަށް އޮންނަ ނޭޓޯ ސަމިޓްގައި ބައިވެެރިވެ ވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެން އުޅުއްވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ސްވިޑަންގެ ބޮޑުވަޒީރު އުލްފް ކްރިސްތާސަންއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ތުރުކީގެ ގައުމީ މަޖިލީހުގައި ސްވިޑަން، ނެޓޯ މެމްބަރުކަމާ ބެހޭ ގޮތުން މަޝްވަރާ ފައްޓަވާނެ ކަމަށް އުރުދުޣަން އޭނާގެ އަރިހުގައި ވިދާޅުވި އެވެ.

އަދި ތުރުކީއަށް ޔޫރަޕިން ޔޫނިއަންގެ މެމްވަރުކަން ދިނުމަށް ސްވިޑަން އަމަލީ ގޮތުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި ކަމަށް ވެސް ސްޓޮލްޓަންބާގް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ޓެރަރިޒަމް ނައްތާލުމަށް ތުރުކީ ކުރަމުން ގެންދާ މަސައްކަތްތަކަށް ސްވިޑަންގެ އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވެސް ސްޓޮލްޓަންބާގް ވިދާޅުވި އެވެ. އަދި ނޭޓޯގައި ބައިވެރިވުމަށް ފަހު ވެސް ދެ ގައުމު ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަކީ -- ތުރުކީ އާއި ސްވިޑަންގެ ގުޅުން ދެމެހެއްޓުމަށް ބާރަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލިތުއޭނިއާގައި މިއަދު ފެށޭ ނޭޓޯ ސަމިޓްގެ ކުރިން މި ތިން ލީޑަރުންގެ މެދުގައި އޮތް މަޝްވަރާ ބައްދަލުވުމަށް ފަހު ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ.

މި ބަޔާނުގައި ސްވިޑަންގެ ފަރާތުން ބުނެފައި ވަނީ ތުރުކީގެ ސަލާމަތާށާއި ރައްކާތެރި ކަމަށް ނުރައްކާވާ ޒާތުގެ އެއްވެސް ކަމަކަށް އެ ގައުމުން ހިތްވަރު ނުދޭނެ ކަމަށެވެ. އަދި ޕީކޭކޭ ޓެރަރިސްޓުންނަށާއި 2016 ގައި ތުރުކިގައި ބަޣާވާތްކުރަން އުޅުން ފީޓޯ ޓެރަރިސްޓް ގުރޫޕަށް ވާގިވެރިވާ އެއްވެސް މީހަކަށް -- ކުންފުންޏަކަށް އެހިތެރިކަން ނުދޭނެ ކަމަށެވެ.

ތުރުކީ އަބަދުވެސް ބުނަމުން އައިސްފައިވަނީ ތުރުކީއަށް ކަމުދާ މިންގަނޑަކަށް ޓެރަރިސްޓުންނަށް ސަމާލުވުމުން ސްވިޑަންއަށް ނޭޓޯ މެމްބަރުކަން ލިބޭނެ ކަމަށެވެ. އޭގެ ބަދަލުގައި ޓެރަރިސްޓުންނަށް ހިތްވަރުދީ މުސްލިމުން ރުޅިއެރުވުމަކުން ސްވިޑަންއަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.

ސްވިޑަންގައި ގުރުއާން އެންދި މައްސަލާގައި މި ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި ބަހުގެ ހަމަލާތައް ވަނީ ބަދަލުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345