އެމްޓީސީސީ

ދުވާލަކު ހެކްޓަރެއްގެ ބިން ހިއްކޭ ޑްރެޖަރެއް ރާއްޖެ އަތުވެއްޖެ

ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް ސަރުކާރުން ގެންނަން ނިންމި ޑްރެޖަރު ރޭގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެ އެވެ.

މިއީ ދުވާލެއްގެ މައްޗަށް ހެކްޓަރެއްގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

ކަސްޓަމްސް ކްލިއަރެންސް ހެދުމަށް މި އުޅަނދު މިވަގުތު އޮތީ ހއ. އުލިގަމު ބޭރުގައި ބަނދަރުކޮށްފަ އެވެ.

ބެލްޖިއަމްގެ ކުންފުންފުންޏަކުން ގެނެސްފައިވާ ޑްރެޖު -- ފިލީޕޯ ބްރޫނެލޭޝީ އަކީ އެމްޓީސީސީގެ އަމިއްލަ ޑްރެޖަރު -- މަހާޖައްރާފާ އިން ގާތްގަނޑަކަށް ހަތަރު ދުވަހުން ހިއްކާލާ ވަރުގެ ސަރަހައްދެއް އަލަށް ގެނައި އުޅަނދުން އެއް ދުވަހުން ހިއްކާލަ އެވެ.

ކުއްޔަށް ގެނައި ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫގެ ބިމެވެ. އޭގެފަހުން އިތުރު ނުވަ ރަށެއްގަ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ށ. ކޮމަންޑޫ، ރ. އުނގޫފާރު، ކ. ދިއްފުށި ކ. ގުޅި، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، މ. ދިއްގަރު ފ. ފީއަލި އެވެ.