އައިލެންޑް އޭވިއޭޝަން

މޯލްޑިވިއަން އަށް ދެ ބޯޓު ކުއްޔަށް ގެންނަނީ

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އިތުރުދެ ބޯޓު ކުއްޔަށް ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވިއަން އިން ހޯދަން އިއުލާންކޮށްފައިވަނީ 42 މީހުންގެ ޖާގައިގެ ދެ ބޯޓެވެ.

މިމަތިންދާބޯޓްތައް ހޯދަން އިއުލާންކޮށްފައިވަނީ ލީޒްކޮށްގެންނެވެ. މި ބޯޓްތައް ބޭނުންވަނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ކަމަށް މޯލްޑިވިއަން އިން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާންގައިވެ އެވެ.

އޭޓީއާރު ބޯޓްތައް ލީޒްކުރަން ޝައުގުވެރިވާ ފަރާއްތަކުން ލީޒް ރެންޓާއި މެއިންޓަނަސް ރޭޓްތަކުގެ އަގުކަޑައަޅައި މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން ޕޮރްޕޯސަލް ހެށުމަށްވެސް އެދިފައިވެ އެވެ.

ރާއްޖޭގެ 15 މަންޒިލަކަށް މޯލްޑިވިއަންގެ ބޯޓުތައް ދަތުރުކުރާއިރު މޯލްޑިވިއަންގެ ފުލީޓްގައި 50 ފަސެންޖަރުންގެ ޖާގައިގެ ޖުމްލަ އަށް ބޯޓާއި، 37 ފަސެންޖަރުންގެ ޖާގައިގެން ދެ ބޯޓު އޮވެ އެވެ.