ފިނިޕޭޖް

އެރީތާ ފްރެންކްލިން އަތުން ލިޔެފައި އޮތް ވަސިއްޔަތެއް ބަލައިގެންފި

މަޝްހޫރު ލަވަކިޔުންތެރިޔާ އަރީތާ ފްރެންކްލިން އަތުން ލިޔެފައި އޮތް ވަސިއްޔަތެއް ފެނި، އެ ވަސިއްޔަތް ސައްހަ ކަމަށް ބަލައިގެންފި އެވެ.

އެރީތާ އަތުން ލިޔެފައި އޮތް ވަސިއްޔަތް ފެނިފައިވަނީ އެރީތާގެ ޑީޓްރޮއިޓްގައި ހުންނަ ގޭގެ ސޯފާއެއްގެ ކުޝަން ދަށުން އެރީތާއަށް ބޮޑު ދައިތަ ކިޔާ ސަބްރީނާ އޯވަންސް އަށެވެ.

އެރީތާ މަރުވީ އޮގަސްޓް 16، 2018 ގައި އުމުރުން 76 އަހަރުގައި، ޕޭންކްރިއޭޓިކް ކެންސަރާ ހަނގުރާމަ ކުރުމަށްފަހު އެވެ.

އެރީތާ މަރުވިއިރު ރަސްމީ ވަސިއްޔަތެއް ނެތުމުން، އެރީތާގެ އިސްޓޭޓް ބެހުމާ ގުޅޭގޮތުން ހަތަރު ދަރިންގެ ތެރެއިން ތިން ދަރިން ކަމަށްވާ އެޑްވަޑް އާއި، ކެކާފް ފްރެންކްލިން އަދި ޓެޑް ވައިޓް ޖޫނިއާގެ މެދުގައި ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އެވެ.

މި ވަސިއްޔަތާއި 2019 ގައި ތަޅުލާފައިވާ ކެބިނެޓަކުން ފެނުނު އަތުން ލިޔެފައިވާ ކަރުދާހެއް މިދިޔަ ހޯމަ ދުވަހު ޕްރޮބޭޓް ކޯޓަށް ހުށަހަޅާފައިވެ އެވެ.

ސީއެންއެން އިން ހާމަކުރި ގޮތުގައި 2010 އާއި 2014ގެ ތާރީހެއްގައި ލިޔެފައިވާ މި ދެ ލިޔެކިއުމުގައިވެސް ބަޔާންކޮށްފައިވަނީ އެރީތާގެ މިއުޒިކާއި ކޮޕީރައިޓް އަދި ރޯޔަލްޓީސް އިން ލިބޭ އާމްދަނީ ދަރިންގެ މެދުގައި ބައިބައި ކުރުމަށެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނާ ގޮތުގައި އެޑްވަޑް އާއި ކެކާފްގެ ވަކީލުން ބުރަވަނީ 2014ގެ ތާރީހް ޖަހާފައިވާ ލިޔެކިޔުމަށެވެ. ޓެޑް ވައިޓް ޖޫނިއާ ބުނަނީ 2010ގެ ތާރީހް ލިޔެފައި އޮތް ލިޔެކިޔުންވެސް ބަލައިގަންނަންޖެހޭ ކަމަށެވެ.

ދެ ލިޔެކިޔުން ބެލުމަށްފަހު ޖޫރީން ނިންމާފައިވަނީ 2014ގެ ލިޔެކިޔުން ސައްހަ ކަމަށެވެ. އަދި ވަސިއްޔަތެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ އެރީތާގެ ފުރަތަމަ ދަރި ކްލެރެންސ ވަނީ ބެލެނިވެރިއެއްގެ ދަށުގައެވެ. އަދި މި ކޯޓް ކޭސްގައި އޭނާ ނުހިމެނެ އެވެ.