މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް ރީބްރޭންޑްކޮށް އާ ލޯގޯއެއް

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ 36 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ކުންފުނިބ ރީބްރޭންޑްކޮށް ކުންފުނީގެ އާ ލޯގޯއާއި ކުލަ ލޯންޗްކޮށްފި އެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ ހެންވޭރު ދަނޑުގައި ރޭ ބޭއްވި އެމްޕީއެލްގެ ސްޓާފް ނައިޓް ގައެވެ.

މިރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކުންފުނި ރީބްރޭންޑް ކުރީ ކުންފުނި ޒަމާނީކޮށް ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުންނެވެ.

"މިދިޔަ ހަތަރު އަހަރު ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޯޕަރޭޓް ގަވަނަންސް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް ރީބްރޭންޑް ކުރުމާ އެކު ޕޯޓު އޮޕަރޭޝަންގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޔުނީފޯމު ވަނީ އެ ބަޔަކު މަސައްކަތް ކުރާ ތަނަކާ ގުޅޭގޮތުން ތަފާތުކުރެވިފަ އެވެ.

މޯލްޑިވްސް ޕޯޓްސް އޮޓޯރިޓީ (އެމްޕީއޭ)ގެ ނަމުގައި ހިންގަމުން ދަނިކޮށް އެމްޕީއެލްގެ ނަމުގައި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އެމްޕީއެލް އުފެއްދެވީ 2008 ވަނަ އަހަރު އެވެ.