ފިނިޕޭޖް

"ސާކަސް" ފްލޮޕްވި މައްސަލައިގައި ރޯހިތު ވާހަކަދައްކައިފި

ރޯހިތު ޝެޓީގެ އެންމެ ފަހުގެ ފިލްމު -- "ސާކަސް" ބޮކްސް އޮފީހުގައި ނާކާމިޔާބުވި ސަބަބުތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ރޯހިތު ވާހަކަދައްކައިފި އެވެ.

ރޯހިތު ބުނީ ކޮވިޑް 19ގެ ދުވަސްވަރު އޭނާ ސާކަސް ހެދީ ބެލުންތެރިން ބޭނުންވާނެ ފަދަ ފިލްމެއް ގެނެސްދިނުމަށް ކަމަށެވެ. ނަމަވެސް އެކަން މިފަހަރު ކާމިޔާބު ނުވީ ކަމަށެވެ. އަދި މިއީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކުރިމަތިވާ ނާކާމިޔާބެއް ކަމަށްވެސް ބުންޏެވެ.

"އަހަރެމެން ކުރި ކަންތައް އަހަރެމެންނަށް އެނގޭ. އަހަންނަށް ސާފުކޮށް އެނގޭ ގޮތުގައި، ކޮންމެވެސް ތަނަކުން ގޯސްވީމާ ފިލްމަށް އެވީ ގޮތެއް އެވީ،" އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ރޯހިތު ބުންޏެވެ.

ސާކަސްގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންނަކީ ރަންވީރު ސިންގް، ޕޫޖާ ހެގްޑޭ، ޖެކްލީން ފެނާންޑޭޒް އެވެ.

ރޯހިތު ޝެޓީގެ މިހާރުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ "ކަތްރޯން ކޭ ކިލާޑީ"ގެ ތިރީސްވަނަ ސީޒަން ހޯސްޓް ކޮށްދިނުމެވެ.

ރޯހިތު ޝެޓީގެ ކުރިއަށް އޮތް ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އިން ސިދާތު މަލްހޯތުރާ، ޝިލްޕާ ޝެޓީ އަދި ވިވެކް އޮބެރޯއީ ލީޑް ރޯލުން ފެނިގެންދާނެ އެވެ.