ކުޅުދުއްފުށި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ނަރުހުން ހޯދަނީ

ރާއްޖޭގެ އުތުރުގެ މައި ހޮސްޕިޓަލް -- ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

ނަރުހުން ބޭނުންވެގެން ހޯދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށާއި އެތަނުގެ ދަށުން ބައެއް ރަށްރަށުގައި ހިންގާ ސިއްހީ މަރުކަޒުތަކަށް ޖުމްލަ 16 ރަޖިސްޓާޑް ނަރުހުންނެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ހޯދަނީ ހަ ނަރުހުންނެވެ. ބާކީ ނަރުހުން ހަމަޖައްސަނީ ނޭކުރަންދޫއަށް ތިނެއް، ނޮޅިވަރަން އަށް ތިނެއް، މަކުނުދޫއަށް ދޭއް އަދި ވައިކަރަދޫއަށް ދެ ނަރުހުންނެވެ.

ނަރުހުންނަށް މުސާރައާއި މަގާމު އެލަވެންސްގެ ގޮތުގައި 16،761 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 144 ރުފިޔާވެސް ލިބެ އެވެ.

ނަރުހުންގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޖުލައި 23 ވަނަ ދުވަހުގެ ނިޔަލަށެވެ.