އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ޗުއްޓީގައި އުޅުއްވަނިކޮށް ހޭހުސްވެ ވަޑައިގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
އޭނާގެ ހާލަތު މިހާރު ރަނގަޅެވެ. ހޮސްޕިޓަލުގައި އޮންނަވައި މީޑިއާ މެދުވެރިކޮށް އޭނާގެ ހާލަތު ވަނީ ބަޔާންކުރައްވާފަ އެވެ.
ނަތަންޔާހޫގެ ޑޮކްޓަރާ ހަވާލާދީ އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުން ބޮޑުވަޒީރަށް މެދުވެރިވީ ހަށިގަނޑުން ފެން މަދުވުގެ މައްސަލައެކެވެ. އޭނާ ޗުއްޓީގައި އުޅުއްވީ ވަރަށް ހޫނު ސަރަހައްދެއްގައި ކަމަށް ޚަބަރުތައް ބުނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ނަތަންޔާހޫއަށް މާބޮޑު ކަމެއް ދިމާވި ނަމަ ގައުމު ހިނގުމަށް -- ސަރުކާރު ދެމެހެއްޓުމަށް ވަޒީރަކު އައްޔަން ކުރައްވާނެ އެވެ. މިފަދަ ކަމެއް ހިނގާފައި ނެތުމަކީ ހަމަބުއްދީގައި ގައުމުގެ ހިންގޭ ހާލަތުގައި ބޮޑުވަޒީރު އޮންނެވުން ކަމަސް ޚަބަރުތައް ބުނެ އެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުގައި މައްސަލައަކަށްވީ ޗުއްޓިގެ މަޖަލުގައި ޖެހިވަޑައިގެން ތޮތްޕެއް ތުރުނުކުރައްވައި އަދި ފެން ހިއްޕެވުން މަދުވުމެވެ. އެއީ ވަރަށް ގޯސްކޮށް ކުރެއްވުނު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުގެ ފިނިހޫނުމިން މިހާރު ހުރީ 30 ޑިގްރީ ސެލްސިއަސްއިން މަތިގަ އެވެ.
ނަތަންޔާހޫ އާންމުންގެ ކިބައިން އެދިވަޑައިގަތީ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރެއްވުމަށާއި ގިނައިރު އަވީގައި -- ހޫނުގައި ނޫޅުމަށެވެ.
ބެންޖަމިން ނަތަންޔާހޫ، 73 އަކީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒިރެވެ. އޭނާގެ ސިއްހީ މައްސަލައެއް އުޅޭކަން އާންމުވެފައި ނުވާއިރު، 2016 އިން ފެށިގެން ނަތަންޔާހޫގެ ސިއްހަތާ ބޭހޭ ގޮތުން އޭނާގެ އޮފީހުން ވާހަކަދައްކާފައެއް ނުވެ އެވެ.
ނަތަންޔާހޫ ހޭހުސްވެ ވަޑައިގަތް ޚަބަރާ އެކު މީޑިއާތައް ތެޅިފޮޅިގަތެވެ. ވީގޮތެއް ބެލުމަށެވެ. ގިނަ ބަޔަކަށް ހީވެފައި އޮތީ އިޒްރޭލުގެ މަގުތަކުގައި އާންމުން މިހާރު ކުރަމުން ގެންދާ މުޒާހަރާތައް ފުޅާވެ ސަރުކާރަށް ފިއްތުންތައް ކުރިމަތިވުމުން ބޮޑުވަޒީރު ގޮތް ހުސްވެ ވަޑައިގަތީ ކަމަށެވެ.
ނަތަންޔާހޫއަށް ބޮޑުވަޒީރުގެ މަގާމު އަދާނުކުރެވޭ ހާލަތަކަށް ހިނގައްޖެ ނަމަ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި އޮތް -- ޝަރުއީ ނިޒާމު ޒަމާނީ ކުރުމަށް ހުށަހަޅާފައި އޮތް ބިލު އަނބުރާ ގެނައުމަކި ވެސް އޮތް ފުރުސަތެކެވެ.
މި އިންތިޒާރުގައި ތިބި އާންމުގެ އެތައް ބަޔަކު ވަނީ އުފާކޮށް ހަޅޭއްލަވާ މުނާސަބަތު ފާހަގަކޮށްފަ އެވެ.