ކޮޅުފުށި

ކޮޅުފުށީގައި ކުއްޖަކު ގެނބިގެން މަރުވެއްޖެ

މ. ކޮޅުފުށީގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

ކޮޅުފުށީގައި ގެނބިގެން މިއަދު މަރުވީ އުމުރުން ދެ އަހަރު ނުވާ ފިރިހެން ކުއްޖެއް ކަމަށް އެރަށުން ވަނީ ބުނެފަ އެވެ.

މިހާދިސާ ހިނގީ މިއަދު ހެނދުނު 11:00 ހާއިރު އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުން ފެނިގެން ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދެވުނުއިރުވެސް މަރުވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.