މިނިސްޓްރީ އޮފް އެޑިއުކޭޝަން

ވޭވަށު ސްކޫލަށް ޖާގަ އިތުރުކުރުމަށް ބަޔަކާ ހަވާލުކޮށްފި

މަޝްރޫއު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޑިއުކޭޝަނުން
0%
0%
0%

މ. ވޭވަށު ސްކޫލްގައި 2 ކުލާސްރޫމް އަދި ސްޓާފްރޫމް 120 ދުވަސްތެެރޭގައި ނިންމާގޮތަށް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހިންގާ މި މަޝްރޫއު އެޑިޔުކޭޝަން މިނިސްޓްރީއިން ހަވާލުކުރީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

މަޝްރޫއު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހިމެވެ. މަސައްކަތް ހަވާލުކުރެވުނު ކުންފުނީގެ ފަރާތުން ސޮއެ ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖާ އަހުމަދު ނައުފަލް އެވެ.

މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެ ކުރައްވަނީ -- ފޮޓޯ: އެޑިއުކޭޝަނުން

މި މަޝްރޫއަށް މުޅިއެކު ހޭދަވެގެންދާނީ 4.9 މިލިއަން ރުފިޔާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅަށް މިހާރު ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މ. ވޭވަށަށް ވަޑައިގެން ދެއްކި ވާހަކަފުޅުގެ ތެރެއިން އެ ރަށު ސްކޫލުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345