ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ވ. އަތޮޅަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ވ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހް ވ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ވ. ރަކީދޫ އަށެވެ.

ވ. އަތޮޅަށް ރައީސް މިއަދު ވަޑައިގަތީ މިދިޔަ ދެ ދުވަހު މ. އަތޮޅުގެ ހުރިހާ ރަށެއްގައި ކެމްޕޭން ކުރެއްވުމަށްފަހު އެވެ.

ރައީސްގެ ކެމްޕޭން މިހާތަނަށް ވަނީ ށ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފަ އެވެ.

އެމަނިކުފާނުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވީ ށ. ފޯކައިދޫގައި ކޯލިޝަން ބައިވެރިންނާ އެކު ބޭއްވި ބޮޑު ޖަލްސާއެއްގަ އެވެ.