އާބަންކޯ

ހުޅުމާލޭގެ ފަސް ބިމެއްގައި ލަގްޒަރީ ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަނީ

Jul 17, 2023

ހުޅުމާލޭގައި ލަގްޒަރީ ފްލެޓު އަޅަން ފަސް ބިމެއް ވިއްކަން އާބަންކޯ އިން ހުޅުވާލައިފި އެވެ.

ލަގްޒަރީ ފްލެޓު އެޅުމަށް ބިން ވިއްކަން ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިންނެވެ.

ވިއްކަން އިއުލާނުކުރި ބިންތަކުގެ ތެރޭގައި ހިމެނެނީ ދިރާގު ހުޅުމާލޭ އޮފީސް ކައިރީގައި އޮންނަ ތިން ބިމަކާއި ހުޅުމާލޭގައި ފެރީ ޓާމިނަލް ކައިރިން ދެ ބިމެކެވެ.

ލަގްޒަރީ ފްލެޓު އެޅުމަށް ވިއްކާ ބިންތައް

  • ލޮޓް 10322 - 25،660 އަކަފޫޓޫ
  • ލޮޓް 11808 - 24،961 އަކަފޫޓު
  • ލޮޓް 11809 - 24،652 އަކަފޫޓު
  • ލޮޓް 11828 - 20،727 އަކަފޫޓޫ
  • ލޮޓް 11829 - 23،229 އަކަފޫޓު

މި ލަގްޒަރީ ފްލެޓުތަކުގެ ތެރޭގައި 13 ފަންގިފިލާގެ ފްލެޓުތަކާއި 11 ފަންގިފިލާގެ ފްލެޓުތައް ހިމެނެ އެވެ. މި ފްލެޓުތަކުގައި ޕާކިންއަށް ހާއްސަ ފަންގިފިލާތަކެއް ވަނީ ކަނޑައަޅާފަ އެވެ.

އާބަންކޯ އިން ކުރި އިއުލާނުގައިވާ ގޮތުން މި ބިންތަކުގައި އިމާރާތް ކުރާ ދެ ކޮޓަރި އަދި މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓްތަކުގައި މަދުވެގެން 1،000 އަކަފޫޓު ހުންނަން ޖެހޭނެ އެވެ. ތިން ކޮޓަރި އަދި މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓްތަކުގައި މަދުވެގެން 1،300 އަކަފޫޓު ހުންނަން ޖެހެ އެވެ.