ރައީސް މައުމޫން އަބްދުލްގައްޔޫމް

އެމްޓީސީސީއަށް މައުމޫން ދައްކަންޖެހޭ ކަމަށް ބުނާ ފައިސާގެ މައްސަލަ ހައިކޯޓަށް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން އެމްޓީސީސީއަށް ދައްކަންޖެހިފައި އޮތް ފައިސާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރުމުން އެ މައްސަލް ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޑީއާރްޕީން އެ ކުންފުންޏަށް 1.1 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ. އަދި މިފައިސާގެ މައްސަލަ ހިނގި ދުވަސްވަރު ޕާޓީގެ ޒައީމަކީ ރައީސް މައުމޫން ކަމަށްވާތީ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

އެކަމަކު ސިވިލް ކޯޓުން މިދިޔަ މަހު މިމައްސަލަ ނިންމީ އެމްޓީސީސީން ބުނާ ފައިސާ ދެއްކުމަށް މައުމޫންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.

އެމްޓީސީސީން މިދިޔަ ހަފްތާގައި ވަނީ ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް މައްސަލަ ބަލައިގެން ކަމެއް އެނގިފައެއް ނުވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޑީއާރްޕީ އުވާލާފަ އެވެ.