ކުޅުދުއްފުށި

ކުޅުދުއްފުށި ފަރަށް ބާޖެއް އަރައިފި

ހިލަ އަރުވައިގެން ދަތުރުކުރަމުން ދިޔަ ބާޖެއް ހދ. ކުޅުދުއްފުށި ފަރަށް އަރައިފި އެވެ.

މިއީ ކޮން ބައެއްގެ ބާޖެއް ކަމެއް އެނގޭ ގޮތެއް ނުވި އެވެ.

އަވަސްއަށް މައުލޫމާތު ދެމުން ކުޅުދުއްފުށި ބައެއް މީހުން ބުނީ ބާޖު ފަރަށް އެރީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް 6،000 ޓަނުގެ ހިލަ ހުރުމާ ގުޅިގެން ފުންކުރަން ދަތިވެގެން އުޅެނީ ކަމަށްވެސް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.

ރާއްޖޭގެ ރަށްތަކުގެ ފަރަށް ޓަގު ބޯޓާއި ބާޖު އެރުން ވަނީ އިތުރުވެފަ އެވެ.

އެންމެ ގިނައިން މިމައްސަލަ ދިމާވެފައިވަނީ ރާއްޖެއަށް ހިލަ ގެންނަ އެއް ކުންފުނި ކަމަށްވާ އެމްއެމް އެކްސްޕޯޓްގެ ޓަގު ބޯޓުތަކަށެވެ. މީގެބައެއް މައްސަލަތަކުގައި އެމްއެމް އެކްސްޕޯޓް ޖޫރިމަނާކޮށްފައިވެސް ވެއެވެެ.