ދަ ޑިމޮކްރެޓްސް

ވެރިކަމަށްޓަކައި ކުރާ ކަމެއްގައި ބައިވެރިނުވެވޭނެ: ނަޝީދު

ބ. ތުޅާދޫގައި ދަ ޑިމޮކްރެޓްސް އިން ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް
0%
0%
0%

އެހެން ޕާޓީތަކުން ވެރިކަން ހޯދަން މަސައްކަތްކުރާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެފަދަ ކަމެއްގައި ބައިވެރިނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އިން ރޭ ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ހޯދުމަކީ އެއްވެސް މީހެއްގެ މަގުސަދަށް ވެގެން ނުވާނެ ކަމަށާއި ތާއަބަދު ވެރިކަން ބޭނުންވެގެން އުޅުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ވެރިކަމަށްޓަކައި ކުރާ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ލިބޭނެ ކަމަށާއި ނަމަވެސް އެއީ އަމާޒަށް އަދި މަގުސަދަށް ވެގެން ނުވާނެ ކަމަށެވެ.

ވެރިކަމުގެ ދެވަނަ ދައުރެއްގެ ބޭނުމުގައި ކޮންމެ ކަމެއް ކުރުމަކީ ގައުމާއި ދިވެހިންނަށް ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދިޔަ ނަމަވެސް ދައުލަތަށް ލިބޭ ފައިސާ ހަރަދުވާ ގޮތް ރަނގަޅަށް ނުބެލެހެއްޓޭ ކަމަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރުމަކީ ސަރުކާރާއި އިދިކޮޅު ކަމެއްގެ ގޮތުގައި މާނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ސަރުކާރެއް ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރަނީ ސަރުކާރު ދެކެ ލޯބިން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރެވުމުން ތަރައްގީގެ މަސައްކަތްތައް މުޅިން ބަދަލުވާނެ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910