އުލިގަން

އުލިގަމުގެ ދެ މަޝްރޫއެއް ނިންމާ ހިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހއ. އުލިގަމުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހްކޮށްދެއްވައި އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި އެވެ.

އުލިގަމު ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އުލިގަމު ފެނަކަ އޮފީސް އިމާރާތާއި އައު އިންޖީނުގެއަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އެރަށުގެ އައު އިންޖީނުގެއިން މިހާރު 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދެ އެވެ.

ރައީސް ސޯލިހް މިއަދު އުލިގަމު ރައްޔިތުންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އުލިގަމު ބަނދަރުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެރަށަށް ދާ ޔޮޓްތަކަށް ހިދުމަތް ދެވޭ ގޮތަށް ހަދައިދޭނެ ކަމަށެވެ.

އުލިގަމު ބަނދަރު ހެދުމަށް މިހާރު ވަނީ އެމްޓީސީސީއާ މިމަޝްރޫއު ހަވާލުކޮށްފަ އެވެ.