ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގު ސްކޮޑުން ނަސްރީ ބާލީކޮށްފި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތަށް މެންޗެސްޓާ ސިޓީން ނެގި ސްކޮޑުން ސާމިރު ނަސްރީ ބޭރުކޮށްލައިފި އެވެ.

ފްރާންސްގެ 28 އަހަރުގެ ކުޅުންތެރިން ސްކޮޑުގައި ނުހިމަނާ ދޫކޮށްލި މައިގަނޑު ސަބަބަކީ އަނިޔާގެ ސަބަބުން މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އޭނާ ނުކުޅެ ހުރުމެވެ. ނަސްރީގެ އަނިޔާ އަދިވެސް މުޅިން ރަނގަޅެއްނުވެ އެވެ.

ސްކޮޑުން ބާކީ ކުރި ނަމަވެސް އޭނާ ބުނީ ބޭނުންވަނީ ސިޓީގައި ކެރިއަރު ނިންމާލަން ކަމަށެވެ. އަދި އޭނާގެ އަށް ދިމާވި އުފާވެރި ވަގުތުތަކުގަ އާއި ހިތާމަވެރި ވަގުތުތަކުގައި ވެސް ސަޕޯޓަރުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

ސިޓީގެ ޓީމުން ނަސްރީ އަށް ޖާގަ ގެއްލުނުއިރު އެ ޓީމުގައި އޭނާގެ ކުރިމަގާމެދު ވެސް ސުވާލުތައް ވަނީ އުފެދިފަ އެވެ. އަންނަ ސިޒަނުން ފެށިގެން ޓީމުގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވާއިރު ސްކޮޑަށް ބޮދެތި ބަދަލުތަކެއް އޭނާ ގެންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.