ޕީޕީއެމް

މޫސުން ގޯސްވުމާ ގުޅިގެން އިދިކޮޅުގެ ހިނގާލުން ފަސްކޮށްފި

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ހިނގާލުމެއްގެ ތެރެއިން -- ފޮޓޯ: އަވަސް
100%
0%
0%

ޕީޕީއެމް ޕީއެންސީ އިން މާލޭގައި މިއަދު ކުރިއަށް ގެންދަން ނިންމާފައި އޮތް ހިނގާލުން ފަސްކޮށްފި އެވެ.

އާޓިފިޝަލް ބީޗް ކުރިމަތިން މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައި އޮތް ހިނގާލުން ފަސްކުރީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

އިދިކޮޅުން "ދިވެހީންގެ ސުލްހަވެރި ހިނގާލުން"ގެ ނަމުގައި ކުރިއަށް ގެންދަން ނިންމި ހިނގާލުން ދެން ކުރިއަށް ގެންދާނެ ވަކި ދުވަހެއްވެސް ޕީޕީއެމް އަކުން ނުބުނެ އެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޕީޕީއެމް އާއި ޕީއެންސީ އިން ގެންދަނީ މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ކޮންމެ ދުވަހަކުވެސް އިހްތިޖާޖުތައް ކުރަމުންނެވެ. އަދި އިދިކޮޅުގެ އިސްވެރިން ގެންދަނީ ކޮންމެ ދުވަހަކު ދައުލަތުގެ އިދާރާތަކަށް ހާޒިރުވެ ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެދެމުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ކުށް ސާބިތުވެ ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ދަށުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރަނީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910