ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ފޯމު ހުށަހަޅަން ޕީޕީއެމުން ތައްޔާރުވަނީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން -- ފޮޓޯ: އަވަސް
0%
0%
0%

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް އެ ޕާޓީން ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމަށް ކުރަންޖެހޭ ކަންކަން އެޕާޓީން ކުރަމުން އަންނަ ކަމަށާއި ފޯމު ހުށަހަޅާ ދުވަސް ހާމަކުރާނެ ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން ފަށާފައިވާއިރު ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން އަންނަ މަހުގެ ހަތެއްވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު ދީފަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާތީ މަތީ މަރުހަލާގެ ކޯޓަކުން އެ ހުކުމް ބާތިލު ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބަކު ވާދައެއް ނުކުރެއްވޭނެ އެވެ.

ޔާމީނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޔާމީންގެ ރިޔާސީ ކެންޑިޑެސީއާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތަކުން ސުޕްރީމް ކޯޓަށް ދާންޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910