ފިނިޕޭޖް

ރަންވީރު ސިންގް އާއި އާލިއާ ބަޓް ކޮލްކަތާއަށް

ރަންވީރު ސިންގް އާއި އާލިއާ ބަޓް ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ މަންޒަރެއްގައި -- ފޮޓޯ: ބޮލީވުޑް ހަންގާމާ
0%
0%
0%

ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު -- ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ ލަވަ "ދިންދޯރާ ބާޖެ ރޭ" ރިލީޒް ކުރުމަށް ކޮލްކަތާއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

ލޯބީގެ ރީތި ވާހަކައެއް ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ކަރަން ޖޯހަރް އެވެ.

މިހާތަނަށް މި ފިލްމުގެ ތިން ލަވަ ރިލީޒްކޮށްފައިވާއިރު ފިލްމުގެ ހަތަރުވަނަ ލަވަ ކަމަށްވާ "ދިންދޯރާ ބާޖެ ރޭ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަދު އެވެ.

މި ލަވައަކީ އިންޑިއާގެ ބުދިސްޓުންގެ އަޅުކަމުގެ ފެސްޓިވަލެއް ކަމުގައިވާ ދުރުގާ ޕޫޖާގެ ތީމަށް ޝޫޓްކޮށްފައިވާ ލަވަ އެކެވެ. މިލަވައިގެ ތަންކޮޅެއް ފިލްމުގެ ޓްރެއިލާ އިން ފެނިގެންދެ އެެވެ.

ރަންވީރު ސިންގް އާއި އާލިއާ ބަޓް ކޮލްކައްތާއަށް ދަތުރުކުރުމުގެ ކުރިން ވަނީ މުމްބާއީގައި މި ފިލްމު ޕްރޮމޯޓް ކުރުމުގެ މަސަތްކަތް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދެ ތަރިން ވަނީ މުމްބާއީގެ ކޮލެޖަކަށް ޒިޔާރަތްކޮށް، ލަވަކިޔުންތެރިން ކަމަށްވާ ޖޯނީތާ ގާންދީ އާއި ސޯނޫ ނިގަމް އާއި އެކު ޝޯއެއް ދީފަ އެވެ.

ހިރޫ ޔާޝް ޖޯހަރާއި ކަރަން ޖޯހަރް އަދި އަޕޫރްވާ މެހެތާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ މިމަހުގެ 28 ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345