މިނިސްޓްރީ އޮފް ހެލްތު

ފުނަދޫ ހޮސްޕިޓަލް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ ސިޓްރަމާސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ އާއި އެކު ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް އަށެވެ.

މި ހޮސްޕިޓަލް އިމާރާތް ކުރުމަށް ކޮންޓްރެކްޓަރަށް ދީފައިވަނީ 540 ދުވަހެވެ.

ފުނަދޫގެ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތަށް 135.9 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.

ށ. ފުނަދޫ ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅުކޮށް ފެންވަރު ރަނގަޅު ހިދުމަތެއް އެރަށުން ލިބުމަކީ ރައްޔިތުން އެދިއެދި ތިބި ކަމެކެވެ.