ހަބަރު

ދުންފަތާ ދުރުވާން އެހީވެދޭ ކްލިނިކެއް ފުނަދޫގައި ހުޅުވައިފި

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވާން އެހީވެދޭ ސިޒޭޝަން ކްލިނިކެއް ށ. ފުނަދޫގައި އިއްޔެ ހުޅުވައިފި އެވެ. މިއީ އެފަދަ ކްލިނިކެއް އަތޮޅުތަކުތެރޭގައި ހުޅުވާ ފުރަތަމަ ފަހަރެވެ. އެ ކްލިނިކް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތު އޮފިސާ އަހްމަދު ޒާހިދު ވިދާޅުވީ ދުންފަތާ ދުރުވާން ބޭނުންވާ ފަރާތްތަކަށް އެ ކްލިނިކް އިން ދެ ގޮތަކަށް ފަރުވާ ދޭނެ ކަމަށާއި އެއީ ކައުންސިލިން ދީގެންނާއި ދުންފަތާ ދުރުކުރުވާ ބޭސްތައް ދީގެން ކަމަށެވެ. އެ ހުރިހާ ހިދުމަތަކަށް ވެސް އާސަންދައިގެ އެހީ ލިބޭނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.

"ފުނަދޫގެ ގިނަ ބަޔަކު ތިބީ މި ހިދުމަތަށް ބޭނުންވެފައި، ރަށު ރައްޔިތުންގެ އެއްބާރުލުން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޒާހިދު އިތުރަށް ވިދާޅުވީ ފުނަދޫގެ ދޮށީ އުމުރުގެ ދެބައިކުޅަ އެއްބައި މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށާއި އަދި އެ މީހުން ތިބީ އެކަމުން ދުރުވާން ބޭނުންވެފައި ކަމަށެވެ.

ހެލްތު މިނިސްޓްރީއިން ކުރި ޓްވީިޓް --

ފުނަދޫގައި އިއްޔެ ވަނީ "ކެވެނި" ގެ ނަމުގައި ނިއުޓްރިޝަނަލް ކެމްޕެއިނެއް ވެސް ފަށާފަ އެވެ. އެ ކެމްޕެއިންވެސް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރާ އަމީން އެވެ.