ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ތޮލާލް

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލު -- ފޮޓޯ: އަވަސް
0%
0%
0%

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފި އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން މިއަދު މިމައުލޫމާތު ހާމަކުރެއްވީ އެ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި އެވެ.

ތޮލާލަކީ ޔާމީންގެ ވެރިކަމުގެއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ކުރިން ފުރުއްވާފައިވެ އެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ފުރަންޖެހޭ ފޯމުގައި އެމަނިކުފާނު ސޮއިކުރައްވަން ޖެހިވަޑައިގަންނަވާތީ އެކަމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ޕީޕީއެމް އިން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި އެކަމުގައި އެހީތެރިވާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ބޭފުޅަކު ކަނޑައަޅައި އިންތިހާބަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެންނެެވެ.

ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް އެކޯޓުން އިއްޔެ ބޭރުކޮށްލާފައިވާތީ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910