ރައީސް އަބްދުﷲ ޔާމީން

އިންތިހާބީ ހައްގު ހޯދަން ސުޕްރީމް ކޯޓަށް އާ މައްސަލައެއް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން -- ފޮޓޯ: އަވަސް
0%
0%
0%

އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އާ މައްސަލައެއް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންދަނީ ގާނޫނު އަސާސީގައި ބަޔާންކުރާ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތްކޮށް ނިންމުމުގެ ހައްގު ނުލިބޭ ގޮތަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

ސުޕްރީމް ކޯޓަށް އާ މައްސަލައެއް ހުށަހަޅުއްވާފައިވާއިރު ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް އެ ކޯޓުން ވަނީ އާދިއްތަ ދުވަހު ބޭރުކޮށްލާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކޮށްގެންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ކެންޑިޑެސީ ފޯމުގައި ޔާމީން ސޮއިކުރައްވާފައިވާއިރު އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ވަނީ ކެމްޕޭން މެނޭޖަރާއި އެޖެންޓް ވެސް ކަނޑައަޅުއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910