ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި، ޖަމިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.
މި އިނާމުތައް ދެއްވީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާ ގައެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލަ އެކެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ބޭފުޅުން
- އިސްލާމް ދީނަށް ހޭލުންތެރިކުރުވުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން - އައްޝައިޚް އަހްމަދު ފަހުމީ ދީދީ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން - ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ
- ދަތުރުފަތުރުގެ ދާއިރާއިން - ކެޕްޓަން އަހްމަދު ޒުބައިރު، މ. މޯނިންވިލެޖް
- ކުޅިވަރުގެ ދާއިރާއިން - މައިޒާން އަލީމަނިކު، ހ. އިސްދޫ
- ފަތުރުވެރިކަމުގެ ދާއިރާއިން- ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބުނު ބޭފުޅުން
- ކީރިތި ގުރުއާން ކިޔެވުމާއި، އުނގަންނައިދިނުމުގެ ރޮނގުން - އަލްގާރީ އިބްރާހީމް ރަމްޒީ، ހިޔާ، ށ. ފުނަދޫ
- އިސްލާމް ދީނަށް ހޭލުންތެރިކުރުވުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން - އައްޝައިޚް ހަސަން ލަޠީފް މޫސާ، ހިކަދިގަސްދޮށުގެ، ސ. ހިތަދޫ
- ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން - އަލީ އަމީރު، ލަކީސްޓާ، ދ. ބަނޑިދޫ
- ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން - ފާރޫގު އަހްމަދު ކްރެޝެންޓްވިލާ، ހދ. ފިނޭ
- ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ އިހުގެ ފަންނުތައް ދިރުވައި، އާލާކުރުމުގެ ރޮނގުން - އަބްދުއްސަމަދު އަލީ، ނިކަގަސްދޮށުގެ، މ. ވޭވަށް
- ތައުލީމީ ދާއިރާއިން، ތައުލީމު އުނގަންނައިދިނުމުގެ ރޮނގުން - މުހައްމަދު ވަޖީހު، ޕޭންޓްލޭންޑް، ބ. އޭދަފުށި
- މަސްވެރިކަމުގެ ދާއިރާއިން؛ ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން - އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫ
- ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުގުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން - ހަސަން ސައީދު، މާދަޑު، އެއްގަމިގެ، ޏ. ފުވައްމުލައް
- އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ފުރުސަތުތައް ގާއިމުކޮށްދީ، ފަރުދުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ރޮނގުން - ޝިޔާމާ އަހްމަދު, މ. ކަރޭޖް
- އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން؛ މުޖުތަމައުގެ ދުޅަހެޔޮކަމާއި ޒުވާނުންގެ ތަރައްގީއަށާއި، ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމުގެ ރޮނގުން - ކެޑޭޓް މޭޖަ ޔާސިރު މުހައްމަދު، މައިދާން، ޅ. ނައިފަރު
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މައުލޫމާތު ފެތުރުމުގެ ރޮނގުން - ޝިފްޒާ މުސްތަފާ، މާދަޑު، އާސާން، ޏ. ފުވައްމުލައް
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މައުލޫމާތު ފެތުރުމުގެ ރޮނގުން - އަހްމަދު މުހްސިން، ގުލްފާމްގެ، ހދ. ނައިވާދޫ
- ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން - އަހްމަދު ސަލީމް، މ. ކުނޑި
- ކަލިނަރީ އާޓްސްގެ ދާއިރާއިން؛ އާމިނަތު ޝާނީ، މ. ތަރިވިދާގެ
- ވިޒުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން) ރޮނގުން - އަހްމަދު އަޒުމީ ހަލީމް، މ. ހަރްމަލްގެ
- ޕާފޯމިން އާޓްސްގެ ދާއިރާއިން؛ ރޭޑިއޯ ޑްރާމާކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން - މުހައްމަދު ނިހާން ނަސީރު، ހ. ސޯފިޔާ
- ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން - ސާޖަންޓު އަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ، ނ. ޅޮހި
- ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި، ބަސް ދިރާސާކުރުމުގެ ރޮނގުން - ލިޔުންތެރިންގެ ގުޅުން
ސަރުކާރުން ދެމުންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދެވޭ އިނާމެކެވެ.
ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.