އެމްއެމްއޭ

ޕޭމަންޓް ސިސްޓަމް ޓެސްޓްކުރަން ފަށައިފި

އެމްއެމްއޭ -- ފޮޓޯ: އަވަސް
0%
0%
0%

އެމްއެމްއޭ އިން ރަސްމީކޮށް މޯލްޑިވްސް އިންސްޓޭންޓް ޕޭމަންޓް ސިސްޓަމްގެ ޕައިލެޓް ޓެސްޓިން ފަށައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރާ މި ސިސްޓަމުގައި ތިން ބޭންކަކުން ވަނީ ބައިވެރިވެފަ އެވެ. އައިޕީއެސްގެ ޔޫޒާ އެކްސެޕްޓެންސް ޓެސްޓުން ފާސްވެ ސިސްޓަމްގައި ބައިވެރިވުމަށް އެމްއެމްއޭއާއެކު މި މަހުގެ 10 ގައި ސޮއިކުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްއައިބީ) އެވެ.

އިންސްޓެންޓް ޕޭމެންޓް ސިސްޓަމަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް އަދި ކޮންމެ ބޭންކަކުންވެސް ވަގުތުން ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރުމަށް އެހީވެދޭނެ އިންތިޒާމެކެވެ.

މި ޕޭމަންޓު ސިސްޓަމް ގާއިމުކުރެވުމުން މޯބައިލް ފޯނު ނުވަތަ އެހެން ޑިވައިސްތައްވެސް ބޭނުންކޮށްގެން ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އޮންލައިންކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވަން ކޮންމެ ފަހަރު އެކައުންޓް ނަންބަރު ޖެހުމުގެ ބަދަލުގައި ހާއްސަ ކޯޑެއް -- އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.

ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެން ހަދާފައިވާ މި ސިސްޓަމް ލައިވްކޮށް އާންމުން ބޭނުންކުރަން ހުޅުވާލަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހުކޮޅު އެވެ.

ކޮވިޑްގެ ސަބަބުން މި ސިސްޓަމް މަސައްކަތްތައް ލަސްވެގެން ދިޔަކަން އެމްއެމްއޭ އިން ފާހަގަކުރެ އެވެ. އެމްއެމްއޭ އިން ކުރިން އުއްމީދުކުރީ 2021 ވަނަ އަހަރުގެ ފަހުކޮޅު މި ސިސްޓަމް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910