ޔޫތު މިނިސްޓްރީ

އުވާލަން ނިންމާފައިވާ 1،989 ޖަމިއްޔާއެއްގެ ނަން އާންމުކޮށްފި

ލިޔެކިޔުންތައް ފުރިހަމަނުވުުގެ ސަބަބުން އުވާލުމަށް ނިންމާފައިވާ 1،989 މަދަނީ ޖަމިއްޔާއެއްގެ ލިސްޓް ޔޫތް މިނިސްޓްރީން އާންމުކޮށްފި އެވެ.

މިނިސްޓްރީން ބުނީ އުވާލުމަށް ނިންމާފައިވާ މަދަނީ ޖަމިއްޔާތަކަކީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ޖަމިއްޔާތައް ކަމަށެވެ. ނުވަތަ އެ ޖަމިއްޔާއެއް ހިންގާ ކޮމިޓީ ރަޖިސްޓްރިކޮށްފައި ނުވާ ޖަމިއްޔާތައް ކަމަށެވެ.

މީގެ ކުރިންވެސް މި ޖަމިއްޔާތަކުން ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ގައި އެކަން އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް މިހާރު ލިސްޓުގައި ހިމަނާފައިވާ 1،989 ޖަމިއްޔާއިން އެ ޖަމިއްޔާތަކަށް ދިން ފުރުސަތުގެ ބޭނުން ނުހިފި ކަމަށްވެސް ބުނެ އެވެ.

ލިސްޓް ކޮށްފައިވާ ޖަމިއްޔާއެއް އުވާލުން ހުއްޓުވުމަށް އެދޭނަމަ މިއަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެކަން މިނިސްޓްރީއަށް އެންގުމަށްވެސް ޔޫތު މިނިސްޓްރީން އެދިފައިވެ އެވެ.

އުވާލަން ނިންމާފައިވާ ޖަމިއްޔާތަކުގެ ލިސްޓް މިހާރު ގެޒެޓްކޮށްފައިވާއިރު އުވާލުން ހުއްޓުވައިދިނުމަށް ކަމާގުޅޭ ލިޔުންތަކާ އެކު ހުށަނާޅާ ޖަމިއްޔާތަށް، ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެފައިވެ އެެވެ.