ދަ ޑިމޮކްރެޓްސް

ނަޝީދާއެކު އިލްޔާސް އައްޑޫ ސިޓީއަށް

ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީގެ އިސް ބޭފުޅުން -- ފޮޓޯ: އަވަސް
60%
20%
20%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިޔްޔާސް ލަބީބު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެނގިފައިވާ ގޮތުން ރައީސް ނަޝީދާއި އިލްޔާސް އައްޑޫއަށް ވަޑައިގަންނަވާނީ މިއަދު ހަވީރު އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނަޝީދާއި އިލްޔާސް އައްޑޫ ސިޓީއަށް ވަޑައިގަންނަވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އިލްޔާސް ހަމަޖެއްސުމަށް އެ ޕާޓީގެ މެންބަރުން ރުހުން ދިނީ އިއްޔެ އެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ފޯމު ހުށަހެޅުއްވީ އިލްޔާސް އެކަންޏެވެ.

މުޅި ރާއްޖޭގައި އިއްޔެ ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީގައި 3،208 މީހުން ވޯޓުލާފައިވެ އެވެ. މީގެ ތެރެއިން 3،041 މީހުން ވަނީ ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓް އިލްޔާސްއަށް ދިނުމަށް ފެންނަ ކަމަށް ވޯޓުދީފަ އެވެ. އިލްޔާސް އަށް ޓިކެޓް ދޭން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދީފައިވާއިރު ނުވަ ވޯޓް ވަނީ ބާތިލްވެފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށްވެސް ޑިމޮކްރެޓުން ދަނީ ބުނަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910