ރިޔާސީ އިންތިހާބު 2023

ރައީސް ސޯލިހް ފުވައްމުލަކަށް ފުރާވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ މިދަތުރުފުޅު ކުރިން ތާވަލުކޮށްފައި އޮތީ އިއްޔެ އަށެވެ. ނަމަވެސް އެ ދަތުރުފުޅު މިއަދަށް ފަސްކުރި ސީދާ ވަކި ސަބަބެއް ރައީސްގެ ކެމްޕޭން ޓީމުން ނުބުނެ އެވެ.

ރައީސް ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ނައިބް ރައީސް ވަނީ ފުވައްމުލަކަށް ވަޑައިގެންފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވަނީ ވ. އަތޮޅާއި މ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

ރައީސްގެ ކެމްޕޭން މިހާތަނަށް ވަނީ ށ. އަތޮޅާއި ކ. އަތޮޅުގެ އިތުރުން ހއ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފަ އެވެ.

އެމަނިކުފާނުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވީ ށ. ފޯކައިދޫގައި ކޯލިޝަން ބައިވެރިންނާ އެކު ބޭއްވި ބޮޑު ޖަލްސާއެއްގަ އެވެ.