މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

މިސްކިތްތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ފުރާޅެއްގައި ސޯލާ ޕެނެލް ހަރުކުރަނީ
0%
0%
0%

މިހާރު ހުރި ސާމާނު ބޭނުންކޮށްގެން އަންނަ މަހު ބައެއް މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މި ވަގުތު އެންވަޔަރަންމަންޓު މިނިސްޓްރީގައި ހުރި ސާމާނު ބޭނުންކޮށްގެން އަންނަ މަހުގެ ތެރޭގައި ބައެއް މިސްކިތްތަކުގައި މަސައްކަތް ފެށުމަށް އެ މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށެވެ.

ޖުމްލަ 155 މިސްކިތެއްގައި އަވިން ކަރަންޓް އުފައްދާ ނިޒާމުތަށް ގާއިމުކުރަން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނަށެވެ. މި ނިޒާމު ބަލަހައްޓާނީ ރަށު ކައުންސިލްތަކުންނެވެ.

ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަޝްރޫއުގެ ޖުމްލަ އަގަކީ 10 މިލިއަން ރުފިޔާ އެވެ. މިއީ ސަރުކާރުން ކައުންސިލްތަކަށް ހިލޭ ފޯރުކޮށްދޭ އެހީތެރި ކަމެކެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީން ލަފާކުރާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހަރަދުން އަށް މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.

މި މަޝްރޫއާއި ގުޅިގެން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދު ވިދާޅުވީ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކޮށްފައިވާ ނެޓް-ޒީރޯ 2030 ޓާގެޓް ހާސިލް ކުރުމަށާ އަދި ކައުންސިލުތަކުން މިސްކިތްތަކުގެ ކަރަންޓު ބިލަށް ކުރާ ހަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

"ކުރިއަށް އޮތްތަނުގައިވެސް ކައުންސިލުތަކަށް އަމާޒުކޮށްގެން މިފަދަ އިތުރު މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައި،" މާޖިދު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345