ފިނޭންސް މިނިސްޓްރީ

155 މިސްކިތަކަށް ސޯލާ ޕެނަލް ހޯދަނީ

ފުރާޅެއްގައި ސޯލާ ޕެނަލް ހަރުކުރަނީ --
0%
0%
0%

ރާއްޖޭގެ 155 މިސްކިތެއްގައި ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން 155 ރަށެއްގެ 155 މިސްކިތަށް ސޯލާ ޕީވީ ސިސްޓަމް ހޯދަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ އެދުމަށެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ބަޔަކު ހޯދުމުގެ ކަންކަން ކުރިއަށްދާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުންނެވެ.

ބީލަމުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ބަލައިގަތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަންޖެހޭއިރު ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީ ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345