މުހައްމަދު ނާޒިމް

މަންމަގެ ޖަނާޒާގައި ބައިވެރިވާން ޔާމީނަށް ފުރުސަތު ދޭން ނާޒިމު ގޮވާލައްވައިފި

މުހައްމަދު ނާޒިމު -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށް އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ގޮވާލައްވައިފި އެވެ.

ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން މިއަދު ހެނދުނު ސްރީލަންކާގަ އެވެ.

މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ނާޒިމު ވިދާޅުވި އެވެ.

"އެ ފުރުސަތު ފަހިކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އިލްތިމާސް ދަންނަވަން،" ނާޒިމު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނާ ހިޔާލު ތަފާތު ބޭފުޅުންވެސް ދަނީ ތައުޒިޔާ ދަންނަވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910