ކައިވެނީގެ ގުޅުމުން ގުޅުމަށްފަހު ފިރިމީހާ އަކީ އަންހެން މީހާގެ ދުނިޔެއަށް ވެދެ އެވެ. ފިރިމީހާއަށް ޓަކައި މުޅި ދިިރިއުޅުން ބަދަލުކޮށްލަ އެވެ. ފިރިމީހާ އުފާކޮށްދީ އޭނާ ލޯބިކުރާ ކަންތައްތައް ކޮށްދޭން ބޭނުންވެ އެވެ. ތިމާގެ ސަބަބުން ފިރި މީހާ "ބްލަޝް" ވެފައިވާ މަންޒަރު ބަލާލަން ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވެ އެވެ.
މި ކިޔާލަދެނީ ފިިރިމީހާ ބްލަޝް ކޮއްލެވިދާނެ ބައެއް ކަންތައްތަކެވެ.
1. ލޯބި ބަސްތައް ބުނެލުން
ދެމަފިރިން އެކީގައި މީހުން ގިނަ މަގަކުން ހިނގާފައި ދާ ވަގުތެކެވެ. މިއީ ވަރަށް ރަނގަޅު ވަގުތެކެވެ. ސިއްރު ސިއްރުން ފިރިމީހާގެ ކަންފަތް ކައިރީ ލޯބި ބަސްކޮޅެއް ބުނެލާށެވެ. މިސާލަކަށް "މަގޭ ދޫނިގަނޑު މިއަދު ހާދަ ރީއްޗޭ" ފަދަ ބަސްތަކެވެ. ނުވަތަ ލޯބިވާ ވާހަކަ ބުނެލާ ކޮލުގައި ހިފާލާށެވެ. ފިރިމީހާ ބްލަޝްވާނެ އެވެ.
2. ނޯޓް ލިޔެލާފައި ބެހެއްޓުން
މިއީ ވަރަށް ހާއްސަ ކަމެކެވެ. މިއަދުގެ މުޖުތަމައުގައި ދެމަފިރިންނަކީވެސް ވަޒީފާ އަދާކުރާ މީހުންނެވެ. ފިރިމީހާގެ ކުރިން ތިމާ ވަޒީފާ އަށް ދާނަމަ މިއީ ރަނުގެ ފުރުސަތެކެވެ. ކުޑަ ނޯޓްކޮޅެއްގައި ލޯބި ބަސްކޮޅެއް ލިޔެލާފައި ފިރިމީހާ އަށް ފެންނާނެ ފަދަ ތަންތާގައި ތަތްކޮށްލާފައި ބަހައްޓާށެވެ. މިކަމަށް ރަތް ލިޕް ސްޓިކް އެއް ބޭނުންކުރެވިދާނެ އެވެ. އަދި ކޮންމެ ބަސްކޮޅެއް ނިންމާލަމުން ކިސް ފޭސް އެއް ކުރަހާލަފައި ބޭންދިދާނެ އެވެ.
3. މަޖާ މެސެޖެއް ފޮނުވާލުން
ވަޒީފާގެ ސަބަބުން އާއްމުގޮތެއްގައި ދެމަފިރިން ދުވާލުގެ ގިނަ ވަގުތުތައް ހޭދަކުރާނީ ވަކިންނެވެ. އެހެން ކަމުން ލޯބި އެކަމަކު މަޖާ މެސެޖެއް ދޭތެރެއަކުން ފޮނުވާލާށެވެ. މިހެން މެސެޖް ކުރާއިރު ކުރީގައި ދެމީހުންގެ ދެމެދު ހިނގާފައި ހުންނަ މަޖާ ކަންތައްތަކުގެ ހަނދާން އާ ކޮށްލެވިދާނެ އެވެ. އަދި މަޖާ އިމޯޖީތައް ބޭނުން ކުރެވިދާނެ އެވެ.
4. ސޯޝަލް މީޑިއާގައި އެއްޗެއް ޕޯސްޓުކޮށްލުން
މިއީ ވަރަށް ރަނގަޅު ކަމެކެވެ. ފޭސްބުކް ނުވަތަ އިންސްޓަގްރާމް ކަމަށްވިޔަސް ރަނގަޅުވާނެ އެވެ. މަޖާ ސެލްފީ އެއް ނުވަތަ ފިރިމީހާ އަށް ނޭނގި ނަގާފައިވާ ފޮޓޯ އެއް ޕޯސްޓުކޮށްލާ ލޯބި ބަސްކޮޅެއް ލިޔެލާށެވެ. އަދި މަޖާ ވާހަކަ ކޮޅެއް ނަމަވެސް ލިޔެލަން ވާނެ އެވެ. މަޖާ ހޭޝް ޓެގްތައް ޖަހާލާށެވެ. އަދި މި ޕޯސްޓްތަކުގައި އޭނާ ތިމާއަށް ކޮށްދޭ ހާއްސަ ދެތިން ކަމެއް ފާހަގަ ކޮށްލާށެވެ. ތިމާގެ ފިރިމީހާ އަކީ ތަންކޮޅެއް ލަދު ރަކި މިޒާޖެއްގެ މީހެއްނަމަ ވަރަށް ބޮޑަށް ބްލަޝްވާނެ އެވެ. ނުބުނި ނަމަވެސް މިކަހަލަ ކަންތައްތައް ފިރިމީހާ ވަރަށް ބޮޑަށް ފާހަގަ ކުރާނެ އެވެ.
5. ފިރިމީހާގެ މައިންބަފައިންނަށް ގުޅާލުން
މިއީ ވަރަށް މުހިއްމު ކަމެކެވެ. ތިމާގެ މައިންބަފައިންނަށް ގުޅާ ހާލު އޮޅުންފިލުވާ ފަދައިން ފިރިމީހާގެ މައިންބަފައިންނަށްވެސް ގުޅާށެވެ. އެމީހުންނާ ގުޅުން ބަދަހިކޮށް އެމީހުން ދެކެ ލޯބިވާށެވެ. އޭނާގެ މައިންބަފައިންނަކީ ތިމާގެ މައިންބަފައިން ކަމުގައި ދެކެންވާނެ އެވެ. އަދި އެމީހުންގެ ކައިރީ ފިރިމީހާ އަށް ތައުރީފްކޮށް ވާހަކަ ދައްކާ އެމީހުންނަށް ޝުކުރުވެރިވާށެވެ.