ރަޝިއާ، ޔުކްރޭން ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން ސައޫދީގައި ބާއްވަން ހަމަޖައްސާފައި އޮތް ބައްދަލުވުން -- ރަޝިއާގެ ދައުރެއް ނެތި ނުބޭއްވޭނެ ކަމަށް މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރާޑޯ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނަށް ސުލްހަ ގެނައުމަށް މަޝްވަރާކުރި ކަމަށް ވާނީ ކީވް އާއި މޮސްކޯ އެއްމޭޒު ދޮށުގައި މަޝްވަރާކޮށްގެން ހައްލެއް ހޯދުމުންނެވެ.
އޮބްރާޑޯ ވިދާޅުވި ގޮތުގައި ރަޝިއާއާ ނުލައި ސައުދީގައި ބާއްވާ މަޝްވަރާތަކުގައި މެކްސިކޯ ބައިވެރިއެއް ނުވާނެ އެވެ. ސަބަބަކީ މޮސްކޯގެ ބައިވެރިވުމެއް ނެތި ކުރާ މަޝްވަރާއަކުން ސުލްހަ ގާއިމުނުކުރެވޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާ، ޔުކްރޭނަ ހަނގުރާމަ އަކީ މެކްސިކޯ ތާއީދުކުރާ ކަމެއް ނޫން ކަމަށް އޮބްރާޑޯ ވިދާޅުވި އެވެ. ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދަން ޔުކްރޭނުން ބޭނުންވި ނަމަވެސް، އެ ކަމަށް ވެސް މެކްސިކޯ އެއްބާރުލުން ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ އަކީ މިހާރު ހުއްޓާލަން ޖެހިފައި އޮތް ހަނގުރާމައެއް ކަމަށް ވެސް އޮބްރާޑޯ ވިދާޅުވި އެވެ. ހަނގުރާމާގައި އެތައް ބަޔަކު މަރުވަމުން ދާއިރު، ސުލްހަ ގާއިމުނުކޮށް ތިބެން ތަހުޒީބީ ދުނިޔެ ހަމަ މޮޔައީތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އޮބްރާޑޯ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ އަކީ ހަތިޔާރު އުފައްދާ ގައުމުތަކުން ކުރުވާ ހަނގުރާމަ އެކެވެ. އެ ނޫން ބަޔަކަށް ހަނގުރާމައިން ފައިދާ ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމަށް އޯގަސްޓް 5-6 ގައިި ސައޫދީގައި ބާއްވާ ބައްދަލުވުމުގައި 30 ގައުމެއްގެ އެންމެ އިސް އޮފިޝަލުން ބައިވެރިވާނެ ކަމަށް އޮތީ ޚަބަރު ފެތުރިފަ އެވެ. އެހެން ނަނަމަވެސް، މި މަޝްވަރާތަކަށް ރަޝިއާއަށް ދައުވަތު ދީފައި ނުވާ ކަމަށް ވޯލް ސްޓްރީން ޖާނަލުން ބުނެ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރެއްވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ގޮތުން އެންމެ ފުރަތަމަ މަޝްވަރާ ބައްދަލުވުމެއް ބޭއްވީ ކޯޕަންހޭގަންގަ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ތުރުކީން ވެސް ވަނީ މަޝްވަރާކުރުމަށް ގޮވާލާފަ އެވެ. ހަނގުރާމާގައި ބައިވެރިވާ ގައުމުތަކުން އެއް މޭޒު ދޮށުގައި ހިސާބުކިތާބު ނިންމުމަށް ވެސް އޮތީ ގޮވާލާފަ އެވެ.
ޔުކްރޭން ހަނގުރާމަ ދުނިޔެއަށް ބޮޑު ކަމަކަށް ވެފައިވާއިރު ޗައިނާ ވެސް ވަނީ ބާރުގަދަ 10 ނުކުތާއެއްގެ މައްޗަށް ސުލްހައިގެ ޕްލޭނެއް އެކުލަވާލާފަ އެވެ. އެކި ގައުމުތަކުން ޔުކްރޭނަށް ގޮވާލާފައިވާ ގޮވާލުންތަކުން ފައިދާ ހުރި ގޮތްތަކެއް އިޚުތިޔާރު ކުރުމަށްވެސް ގައުމުތަކުން އަންނަނީ ބާރުއަޅަމުންނެވެ.