މިލަންދޫ

މިލަންދޫ ފުޓްބޯޅަ ދަނޑާއި، ފެނަކަ އޮފީސް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ށ މިލަންދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައި ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އާ އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެވެ.

މިލަންދޫގައި މިއަދު ހުޅުވި ފުޓުބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަށް ޓާފް އަޅައިގެން ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެެވެ.

ފެނަކަ އޮފީސް އިމާރާތަކީވެސް ޒަމާނީ އޮފީސް އިމާރާތެކެވެ. މި އޮފީސް އިމާރާތުގައި 54 މުވައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭއިރު މިއީ ތިންބުރީގެ އޮފީސް އިމާރާތެކެވެ.