އުރީދޫ

އުރީދޫ މޯލްޑިވްސްއަށް 18 އަހަރު، ހާއްސަ އޮފާތަކެއް

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް މިއަދު ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ހާއްސަ ޕްރެސްކޮންފަރެންސެއްގައި އުރީދޫ އިން މިއަދު ތައާރަފްކުރީ މައިގަނޑު ހަތަރު އޮފާ އެކެވެ.

އަންލިމިޓެޑް ސުޕަނެޓް ޕްލޭން

ފައިބަ ސުޕަނެޓް ޕްލޭނަކީ ތްރޮޓްލް ނުވާ އަންލިމިޓެޑް ސުޕަނެޓް ޕްލޭން އެކެވެ. މުޅި މަހު 18 އެމްބީޕީއެސް ސްޕީޑާއެކު މެދުނުކެނޑި އިންޓަނެޓްގެ ހިދުމަތް ލިބޭއިރު މި ޕްލޭނަށް މަހަކު ދައްކަން ޖެހެނީ 599 ރުފިޔާ އެވެ. މިޕްލޭން ފަރުމާކޮށްފައިވަނީ މެދުކެނޑުމެއްނެތި، އިންޓަނެޓް ބްރައުޒްކޮށް، ސްޓްރީމްކޮށް އަދި ގޭމު ކުޅޭ މީހުންނަށް އެންމެ އެކަށީގެންވާ ގޮތަށެވެ.

އެއްފަހަރާ ގިނަ މަސްތަކަކަށް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެއް

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކާލުމުން ކޮންމެ މަހަކު ބިލް ދައްކަން ނުޖެހުމުގެ ލުއިފަސޭހައިގެ އިތުރުން ބޮޑެތި ޑިސްކައުންޓާއި ބޯނަސް ޑޭޓާ ކަސްޓަމަރުންނަށް މި އޮފާގައި ލިބިގެންދެ އެވެ. އުރީދޫ އާޗާ ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިހާރު އެއްފަހަރާ ތިން މަހަށް، ހަ މަހަށް، 12 މަހަށް ނުވަތަ 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް އެއްފަހަރާ ދެއްކުމުން މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ހިދުމަތް ލިބުމުގެ އިތުރުން ބިލުން ބޮޑު ޑިސްކައުންޓެއް ލިބެ އެވެ.

  • ތިން މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް 5 ޕަސަންޓް ޑިސްކައުންޓް
  • ހަ މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް 10 ޕަސަންޓް ޑިސްކައުންޓް
  • އެއް އަހަރަށް ބިލް ދައްކާ ފަރާތްތަކަށް 15 ޕަސަންޓް ޑިސްކައުންޓް
  • ދެ މަހަށް ބިލް ދައްކާ ފަރާތްތަކަށް 20 ޕަސަންޓް ޑިސްކައުންޓް

މީގެ އިތުރުން މި ޕޭމަންޓް ޕްލޭން ހިޔާރުކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް ކޮންމެ މަހަކު 18 ޖީބީ ބޯނަސް ޑޭޓާ ލިބެ އެވެ.

މުޅި މަހަށް އެއް ޓީބީ ޑޭޓާގެ ޕްލޭނެއް

5ޖީ އެއާފައިބާ މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭ މި ޕްލޭނަކި ކޮންމެ ހަފްތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ. ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށް ފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދާނެ އެވެ. އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާއެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް އެއް ޓީބީ ޑޭޓާ ލިބެ އެވެ.

އުރީދޫ ނޭޝަން ގޭމްސް ކްލަބް

އުރީދޫ ނޭޝަން ވެބްސައިޓް މެދުވެރިކޮށް ވަދެވޭ މި ގޭމްސް ކަލަބްގައި ޑިޒްނީ ބްރޭންޑްގެ ގޭމްތަކުގެ ހިތްގައިމު ކަލެކްޝަނަކާއެކު 100 އަށް ވުރެ ގިނަ ގޭމުތައް މި ޕްލެޓްފޯމުގައި ހިމެނެ އެވެ. ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު މި ޕްލޭންތައް ނެގިދާނެ އެވެ.

  • ޑެއިލީ ސަބްސްކްރިޕްޝަނަށް: 24 ގަޑިއިރަށް 2 ރުފިޔާ
  • ވީކްލީ ސަބްސްކްރިޕްޝަނަށް: 7 ދުވަހަށް 10 ރުފިޔާ
  • މަންތްލީ ސަބްސްކްރިޕްޝަނަށ: 30 ދުވަހަށް 20 ރުފިޔާ

އުރީދޫ އިން ބުނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭއިރު، ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށްވެސް އެއްކޮށްލެވޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ދިވެހިންގެ ހިދުމަތުގައި ކާމިޔާބު 18 އަހަރުގެ މި ދަތުރަކީ އުރީދޫގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ އިތުބާރާއި ލޯތްބާއެކު ކުރި ދަތުރެއް ކަމަށެވެ. މި ކާމިޔާބު ހޯދުމުގައި މެދުކެނޑުމެއްނެތި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި، ތަރުހީބާއި ހިތްވަރަށް ފަށްފަށުން ޝުކުރުއަދާކުރަން.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އާ ފުރުސަތުތަކާ ގުޅުވާލަދީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި މުޖުތަމައުގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައިވެސް ދެމިއޮންނާނީ ދިވެހިންނަށް ހިނިތުންވުން ގެނެސްދޭ ކުންފުންޏެއްގެ ގޮތުގައި،" ހާލިދު ވިދާޅުވި އެވެ.