ފިނިޕޭޖް

އިންޑިއާގެ ފިލްމީ ތަރި ނިކިތާ ދައްތާ ހއ. ދިއްދޫއަށް

އިންޑިއާގެ ފިލްމީ ތަރި ނިކިތާ ދައްތާ މިއަދު ހއ. ދިއްދުއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

ދިއްދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި އޭނާ ދިއްދޫއަށް ދާނީ މިއަދުގެ ހަވީރު 4:10 ހާއިރު އެވެ.

ނިކިތާ ދިއްދޫއަށް ކުރާ ދަތުރުގައި އޭނާ އާއި އެކު ފޮޓޯ ނަގަން ބޭނުންވާ އެންމެންނަށް އެ ފުރުސަތުވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

ނިކިތާ ދިއްދޫ އަށް ކުރާ ދަތުރަކީ ރަށްފުށުގެ ދިރިއުޅުން ބަލާލުމަށް ކުރާ ދަތުރެއް ކަމަށް އެނގިފައި އެވެ.

އާއްމުންގެ ތެރޭގައި އަދި އެހާ މަގުބޫލު ނޫން ނަމަވެސް 32 އަހަރުގެ ނިކިތާ ވަނީ 11 ފިލްމަކާއި ހަތަރު ސީރީޒް އެއް ކުޅެފަ އެވެ. އޭނާ މަސައްކަތް ކޮށްފައިވާ އެންމެ މަޝްހޫރު އެއް ފިލްމަކީ ޝާހިދް ކަޕޫރު ލީޑް ރޯލުން ފެނިގެންދާ "ކަބީރް ސިންގް" އެވެ.

ފަހަކަށް އައިސް އިންޑިއާގެ ގިނަ މަޝްހޫރު ތަރިން އަންނަނީ ޗުއްޓީ ހޭދަ ކޮށްލުމަށްޓަކައި ރާއްޖެ އަންނަމުންނެވެ.