ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރަން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިވާއިރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ ޝައުގުވެރިކަންފާޅު ކުރައްވާފަ އެވެ.

އެ ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނަމަ ޕީއެންސީގެ ކެންޑިޑޭޓެއް ނެރުމަށް އެމަނިކުފާނު އަންގަވާފައިވާތީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި މަޝްވަރާ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަނިންމޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ނަން ކަނޑައަޅުއްވާ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ނަމަވެސް ކޮމިޝަނުން ވަނީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.