ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ގާސިމްގެ ރަނިންމޭޓަކަށް ވަހީދު ހަމަަޖެއްސެވި ވާހަކަ ދޮގުުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަމަޖައްސަން ނިންމެވި ކަމަށް އަވަސްއާއި ބައެއް ނޫސްތަކުން ރިޕޯޓް ކުރި ހަބަރު ރައީސް ވަހީދު ދޮގުކުރައްވައިފި އެވެ.

ރައީސް ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ ރަނިންމޭޓަކަށް އެމަނިކުފާނު ހަމަޖެއްސެވި ކަމަށް ބުނާ ހަބަރުތަކަކީ ދޮގެއް ކަމަށެވެ.

ނަމަވެސް ޖޭޕީގެ އިސް ބޭފުޅަކު މިރޭ އަވަސްއަށް ވިދާޅުވީ މާދަމާގެ ވަގުތެއްގައި ރައީސް ވަހީދާ އެކު ސިޔާސީ ގޮތުން ތަޖުރިބާ ހުރި ބައެއް ބޭފުޅުން ޖޭޕީއަށް ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ވަހީދުގެ ނަން މާދަމާ އިއުލާން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ވަހީދު މިވަގުތު ހުންނެވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްވައިޒަރެއްގެ ގޮތުގައެވެ.

ރައީސް ވަހީދުގެ ކުށުގެ ރެކޯޑް ސާފުކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނުގެ އާއިލާ އިން މިއަދު އަވަސްއަށް ޔަގީންކޮށްދެއްވާފައިވެ އެވެ.