ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދ. އަތޮޅު ދަތުރުފުޅު ފަސްކުރައްވައިފި

ރައީސް ސޯލިހް ކެމްޕޭން ދަތުރުފުޅެއްގައި ރަށަކަށް ވަޑައިގެން ތުއްތު ކުއްޖަކާ ވާހަކަދައްކަވަނީ
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދ. އަތޮޅަށް މިއަދު ކުރައްވަން ހަމަޖެހިފައި އޮތް ކެމްޕޭން ދަތުރުފުޅު ފަސްކުރައްވައިފި އެވެ.

ރައީސްގެ ކެމްޕޭން ޓީމުން ބުނީ ދަތުރުކުރީ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އެކަމަކު ރައީސް ސޯލިހް ގއ. އަދި ގދ. އަތޮޅަށް ކުރައްވަން ހަމަޖެހިފައިވާ ކެމްޕޭން ދަތުރުފުޅު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް މިހާތަނަށް ވަނީ ހއ. ށ. ވ އަދި މ އަތޮޅުގެ ހުރިހާ ރަށަކަށާއި ފުވައްމުލަކަށް ވަޑައިގެންފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫ އަށް ވެސް ވަޑައިގެންފަ އެވެ.

ރައީސް ސޯލިހް މިއަދު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމު ވެސް ހުށަހަޅުއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345