ޑރ. މުހައްމަދު މުނައްވަރު

ޑރ. މުނައްވަރު އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފި

ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފި އެެވެ.

މުނައްވަރު މިއަދު ކުރެއްވި ޓްވީޓެއްގައި ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައި މިވަނީ އޭނާ ކުރިން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު ރައްޔިތުންނަށް "ގެއްލިފައި" ވަނިކޮށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މުނައްވަރު އިއުލާންކުރެއްވީ މިއަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހު އެެވެ. އޭރު މުނައްވަރު ވިދާޅުވީ އޭނާ މިއަހަރު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެއްވެސް މީހަކާ ޑީލެއް ވެސް ނުހައްދަވާނެ ކަމަށެވެ.

ނަމަވެސް މިއަދު ޑރ. މުނައްވަރު ވަނީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމަވާ އޭނާއަށް ހެޔޮއެދޭ އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ފިޔަވާ އެހެން ބޭފުޅުން ވަނީ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިހާރު ގެންދަވަނީ ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345